ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލެ ފޭސް ދޭއްގައި ކެމްޕޭނު ގައި އުޅުއްވަނިކޮށް އިދިކޮޅު ފަރާތްތަކަށް އެކަމަނާ އަށް ހުރަސް އެޅުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ފަސްޓު ލޭޑީ ފަޒްނާ އިއްޔެ ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް ދޭއް ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
''އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ގާނޫނީ ހައްގެއް'' އެޗްއާރްސީއެމުން ބުންޏެވެ.
ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށާއި ކެމްޕެއިން ހަރަކާތްތަކަށް އިހްތިރާމްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކާގެ ހައްގުތަކަށް އިހްތިރާމްކޮށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް އެޗްއާރްސީއެމުން ގޮވާލިއެވެ.
އެ ކޮމިޝަނުން ބުނީ ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާ، ނަފްސަށް ގެއްލުންވާ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
''ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރުނުދެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރަން'' އެޗްއާރްސީއެމްގެ ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި