އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ބަޔަކު ނިކުމެ އަޑުގަދަ ކޮށްފިއެވެ.
ރައީސްގެ އަނބިކަނބަލުން ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ އެކަމަނާ އަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ވެސް ގޮވައިފައެވެ.
އެކަމަނާގެ އަރިހުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ހުންނެވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ އަނބިކަނބަލުން ހިޔާ ސަރަހައްދަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވިއިރު އެކަމަނާ އަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ގޮވިއިރު ތުއްތު ކުދިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ ދެވަނައެވެ. މިއީ އެމްޑީޕީން އުއްމީދު ކުރި ނަތީޖާއެއް ނޫނެވެ.
އެހެންކަމުން އެޕާޓީން އަންނަނީ ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި ފުރަތަމަ ބުރު ހެދުނު ގޯސްތައް ރަނގަޅުކޮށް ކެމްޕެއިން އިތުރަށް ވަރުގަދަ ކުރަމުންނެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި