ކ. އުތުރު ތިލަފަޅަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ، އަމިއްލަ މިލްކިއްޔާތެއް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މަގުސަދު ހާސިލުކުރުމަށްޓަކައި ސިފައިންނާއި، ސިފައިންގެ މުއައްސަސާގެ އަގުވައްޓާލުމަށާއި އަދި ސިފައިންގެ ކުރިމަގުގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ފަތުރަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން، އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުންދާ 'އެކަތަ' ބަނދަރަކީ އިންޑިއާގެ "މިލިޓަރީ ބޭސް" އެއް ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށެވެ.
ޑިފެންސުގެ އެ ބަޔާނުގައި ބުނީ އިންޑިއާގެ ހލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ބަނދަރަކީ ސިފައިންގެ ކޯސްޓްގާޑް އުޅަނދު ފަހަރު އަދި އެ އުޅަނދުފަހަރު މަރާމާތުކުރުމަށްޓަކައި ތަރައްގީ ކުރަމުންދާ ބަނދަރެއް ކަމަށެވެ.
އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިޔާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާއީ ވަޒީރުކަން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށް ޑިފެންސުން ބުންޏެވެ. އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި 2016 ވަނަ އަހަރު ދިވެހި ސަރުކާރާ އިންޑިއާއާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަރުކަޒެއް ހިންގަން އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ކުރީ ސަރުކާރުން ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު ވާނީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވަނެ ބަނދަރަކާއި އދި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައެވެ"
މިނިސްޓްރީން ބުނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގާނުދޭނެ ކަމަށެވެ.
"... އެކަތަ ބަނދަރާއި އެ ބަނދަރުގައިވާ އެންމެހައި ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް" މިނިސްޓްރީން ބުންޏެވެ.
ޢެހެންވެ ދޯ ސިފައި އެތަނަށް އަރަންވިޔަސް އެތާ ތިބި މީހުންގެ ހުއްދަ ހޯދަން ޖެހެނީ. ޢަމިއްލަ މިލްކިއްޔާތުވެސް ކުއްޔަށް ދިނީމަ އެތަނަށް ހިނގާނީ ކުއްޔަށް ހިފައިގެން ތިބި މީހުންގެ ބާރު ނޫންބާ.
ޜަނާ