ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓާ އާއި ސޯޝަލް ސަރވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހު ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ ނިންމެވުންތައް ނިންމަވާފައިވަނީ ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސް އޮފީހަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރެއްވުމަށްފަހ،ު ޕޭ ފްރޭމްވާކަށް ހިޖުރަކުރުމުން އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެމަނިކުފާނަށްވެސް ގަބޫލުކުރެއްވޭތީ އާއ،ި ކުރިމަތިވަމުންދާ ދަތިތަކަށް ރިއާޔަތްކުރެއްވުމާ އެކ،ު އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާކުރައްވައ،ި އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށެވެ.
އެގޮތުން މޭ އެކަކުން ފެށިގެން ދައުލަތުން ޕޭ ފްރޭމްވަރކަށް ހިޖުރަކުރި ސިއްހީ ފަންނުވެރިންގެ ފަރާތުން ރައީސް އޮފީހަށް ހުށަހަޅުއްވާފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ޕޭ ފްރޭމްވާކަށް ހިޖުރަކުރި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުނ،ް ޕޭ ފްރޭމްވާކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓާ މެޓްރިކްސްތަކުގައި ހިމެނޭ ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށްވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ