މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް އެމްޑީއޭ އާއި އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ހުންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކުގައި މިރޭ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭ އިން ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު. މުއިއްޒުގެ ފަހަތްޕުޅަށް އަރަން ނިންމާފައިވާ ކަމަށް ބުނެ ހަބަރު ފަތުރައިފައެވެ.
އެހެންނަމަވެސް އެ ވާހަކަތައް މައުރޫފް ވަނީ ދޮގު ކުރައްވައިފައެވެ. "ސަން" އޮންލައިނުގައި މައުރޫފާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްޑީއޭގެ ރައީސް ސިޔާމާއި އެ ޕާޓީގެ މުޅި ލީޑާޝިޕް އޮތީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.
"އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރަށް ކުޑަކޮށް ވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ މަސައްކަތްތައް އިހުނަށްވުރެ ބާރަށް ކުރިއަށްގެންދާނަން،" މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން މައުރޫފް ވަނީ އެފަދަ ވާހަކަތައް ބަޔަކު ފަތުރަމުން އަންނަނީ އެމްޑީއޭ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ގުޅިފައިވާ ކޯލިޝަން ބައިބައި ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
"އެންމެހައި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އެފަދަ ވާހަކަތައް ގަބޫލުނުކުރެއްވުމަށް. އެމްޑީއޭގެ ރައީސް ސިޔާމް ހުންނެވީ ރައީސް ސޯލިހާއެކު ގަދަކޮށް،" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު