މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހަވީރު 5:00 އާ ހަމައަށް ވޯޓްލެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައިސް ފުއާދު ތައުފީގް ވިދާޅުވީ ދެވަނަ ބުރުގައި ވެސް ވޯޓުލުން ފަށާނީ ހެނދުނު އަށެއް ޖަހާއިރު ކަމަށެވެ.
ނަމަވެސް ވޯޓު ފޮށިތައް ބަންދުކުރާނީ ހަވީރު ފަހެއް ޖަހާއިރު ކަމަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ.
ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވި ގޮތުގައި ވޯޓުލާ ވަގުތު އިތުރުކޮށްފައިވަނީ ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީން އެދެމުންދާތީ ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި 225,486 މީހުން ވޯޓުލާފައިވެއެވެ. މިއީ ވޯޓު ލެވޭ އާބާދީގެ %79.85 އެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި