މިވަގުތަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމާ ގުޅޭ ގޮތުން ވޯޓަކަށް އަހަންވީ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ ބަހުސްގައި ވާހަކަދައްކަވަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ރާއްޖޭގައި ވެރިކަން ހިނގަމުން ދަނީ އެހެން ގައުމުތަކާއި މުޅިން ތަފާތު ގޮތަކަށް ކަމަށެވެ.
ދެހާސް އަށްވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ދިވެހި ރައްޔިތުން ބޭނުން ވަނީ މުޅިން ވެސް އައު ވެރިން ތަޖުރިބާ ކުރުމަށް ކަމަށާއި އެއްވެސް ރައީސަކަށް މިހާތަނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފައި ނުވާކަން އަފީފް ފާހަގަކުރެއްވިއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއް އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. ބަދަލުގައި ދެން ފެންނަނީ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ބަހެއް ނެތި ޕާޓީގެ އާއްމު މެންބަރުންގެ ބަހެއް ނެތި އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދިގެންދާ މަންޒަރު ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ ކިބައިން ސާފުކުރަންވީ ވަގުތު،" އިލްޔާސް ވިދާޅުވިއެވެ.
ގައްދޫ ދާއިރާގެ މެންބަރި އަހްމަދު ޒާހިރު ވިދާޅުވީ ރިޔާސީ ނިޒާމަކީ ދިވެހިން ޓެސްޓު ކޮށްފައިވާ ނިޒާމެއް ކަމަށެވެ.
"ކޮންމެ ފަހަރަކު ވެސް އައިސް މިޖެހެނީ އެއްތާކު. ލެޖިޓިމޭޓު ކޯލިޝަނެއް ނުއުފެއްދުމުގެ ނަތީޖާއަކަށް މިވަނީ ކޮންމެ ފަހަރަކު ވެރިކަމަށް އައިސް ރޫޅިގެން މިދަނީ،" ޒާހިރު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސްކަމުގައި ކުރިން ހުންނެވި އަދި ރައީސް މުހައްމަދު ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ޖެހިގެން ދިޔަ އެއް މައްސަލަ އަކީ ވެސް ނިޒާމުގެ މައްސަލައެވެ.
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ނިޒާމްބަދަލުކުރާކައްނުފެނޭ ބޮޑުވަޒީރެއްބޭނުމެއްނޫނނނނނން
މުގާބޭ