މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިޔަށް ދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އާއްމުކޮށްފިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރަށްފަހު އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ އިންތިހާބެވެ. އެގޮތުން މި އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރިއެވެ.

މީގެތެރޭގައި މިނިވަން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުން ހިމެނެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ:

1. އުމަރު ނަސީރު (އަމިއްލަ ގޮތުން) - 6،343 ވޯޓު

2. ހަސަން ޒަމީލް (އަމިއްލަ ގޮތުން) - 327 ވޯޓު

3. އިބްރާހިމް މުހައްމަދު ސާލިހު (އެމްޑީޕީ) - 86،161 ވޯޓު

4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ) - 101،635 ވޯޓު

5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ) - 5،460 ވޯޓު

6. ފާރިސް މައުމޫން (އަމިއްލަ ގޮތުން) - 2،979 ވޯޓު

7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް) - 15،839 ވޯޓު

8. މުހައްމަދު ނާޒިމް (އެމްއެންޕީ) - 1،907 ވޯޓު

މި އިންތިހާބުގައި ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ލިބިފައެއް ނެތެވެ. އެހެންކަމުން އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ވަނީ ނިންމައިފައެވެ. ދެވަނަ ބުރު އޮންނާނީ މިމަހު 30ގައެވެ.