ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ރާއްޖޭގެ 100 އިލްމުވެރިން ހާމަކޮށް ބަޔާން ނެރެފިއެވެ.
މި ބަޔާނުގައި މުއިއްޒަށް ތާއީދުކުރާ އިލްމުވެރިންނާއި އެ އިލްމުވެރިން ތައުލީމް ހާސިލް ކޮށްފައިވާ ޔުނިވާސިޓީތަކާއި ތައުލީމީ ފެންވަރު ހާމަ ކޮށްފައިވެއެވެ.
އެ ބަޔާނުގައި މިއަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މުއިއްޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓާ އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމު ބިނާ ކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ކެންޑިޑޭޓެއްކަން ވަނީ ފާހަގަކޮށްފައެވެ.
އަދި އިންތިހާބުގައި މުއިއްޒު އަށް ވޯޓު ދެއްވުމަށް އެ އިލްމުވެރިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
މި އިލްމުވެރިން މިފަދައިން ބަޔާނެއް ނެރުނުއިރު އިއްޔެ ރާއްޖޭގެ ބައެއް އެހެން އިލްމުވެރިން ވަނީ މި އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ގުރުއާނާ ހަދީސްގެ އަލީގަ ބުނެދީބަ މުއިއްޒު އަށްވޯޓް ލާންޖެހޭ ސަބަބު، މަދީނާ އަދި އަޒްހަރު ޔުނިވަރސިޓީން ނުކިޔާތި ، ނޭގޭތި އަހާލި
ައަބްދުު