އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒަކީ އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް މުއިއްޒު އުޅުއްވީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި މިރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކަން ހިނގާ ގޮތާއި މެދު ހިތްހަމަ ނުޖެހި އަދާލަތު ޕާޓީން ކުރަމުން ދިޔަ މަސައްކަތްތަކަށް މުއިއްޒު ދެކޮޅު ހަދަމުން ދިޔަ ކަމަށެވެ.
ސަރުކާރު ބަދަލުވެ ރައީސް ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުން ސަރުކާރުން މަގާމެއް ހޯދުމަށްޓަކައި އިމްރާނު އަރިހަށް ވަޑައިގެން މުއިއްޒު އާދޭސް ކުރައްވަމުން ގެންދެވި ކަމަށް އިމްރާން ވިދާޅުވިއެވެ.
"ކުޑަކުއްޖަކު މަންމަ ކައިރީ އައިސް ރޯހެން އަޅުގަނޑު ކައިރީ މަގާމަކަށް އެދި ރުއީ. އަޅުގަނޑު މުއިއްޒަށް ވަޒީފާ ދިނީ މަންމަގެ ލަގޮނޑިއަށް ކެތް ނުވާ ފަދައިން އަޅުގަނޑުގެ ލަގޮނޑިއަށް ކެތް ނުވެގެން." އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އަދާލަތުގައި ހުންނެވުމަށްފަހު އެމްޑީއޭއާ މުއިއްޒު ގުޅިވަޑައިގަތީ "ދޮންކަޅުމިން" ވެސް އަންގާނުލާ ކަމަށެވެ. އެކަން ވެސް މުއިއްޒު ކުރެއްވީ ހައުސިން މިނިސްޓަރުގެ މަގާމު ހޯއްދެވުމުގެ ދަހިވެތި ކަމުގައި ކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.
"ސިޔާމު ރޭގަނޑު ނިދިން ހޭލި އިރު ނޫހުން ފެންނަނީ މުއިއްޒު ޕީޕީއެމްއަށް ބަަދަލުވެއްޖެއޭ. އާދެ މިފަދަ ގޮތަކަށް ގޮސް ދައުރު ނިންމާލައިފި،" އިމްރާން ވިދާޅުވިއެވެ.
އިމްރާންގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން، އެމްއެމްޕީއާރްސީ މައްސަލާގައި ޖަލަށްލުމުން މުއިއްޒު ހުންނެވީ ވެރިކަމަށް ދަހިވެތިވެ ފައްކާވެފައި ކަމަށް ވިދާޅުވެފައެވެ.
އިމްރާން ވަނީ ވެރިކަމަށް މުއިއްޒު އިންތިހާބުވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ވިދާޅުވެފައިވާ ވާހަކައަށް ފާޑު ވިދާޅުވެފައެވެ.
"އާދެ ލޮބުވެތި ރައްޔިތުން، ޕީޕީއެމްގެ ލޮބުވެތި ރައްޔިތުން. މުއިއްޒު ވެރިކަމަށް ހޮވިއްޖިއްޔާ ޔާމީނު އޮންނާނީ ޖަލުގަ. އަޅުގަނޑަށް އެނގޭ" އިމްރާން ވިދާޅުވިއެވެ.
އިމްރާނު ކަލޭތިއީ. އަމިއްލަ އެދުމާއި މަގާމާ ހެދި ކިތައް ސަރުކާރަކުން ކިތައްފަހަރު ޖަލުގެ ކުޑަގޮޅީގެ މަގާމާއި އުފަލާއި އަރާމު ލިބި އެކަން ހަނދާން ނެތުނުމީހާޔަ ދެންއެގޭނީ ކޮންއެއްޗެއްތޯ ؟
އޭ އެންގުދޯގުދޯ ގޮވަނީ ތޯ
މަގޭ ހިޔާލު