ވެރިކަންކުރާ އެމްޑީޕީގެ ބޮޑު ޖަލްސާއެއްް އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
އެމްޑީޕީގެ ސްލޯގަން "އުފާވެރި އަމާން ރާއްޖެ" ކެމްޕޭންގެ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު އެކެއްވާ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައެވެ.
އެ ޖަލްސާ ފަށާނީ އެރޭ 8:30 ގައެވެ. އެމްޑީޕީން އެ ޖަލްސާގައި އެމްޑީޕީ އާއި ގުޅިފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ކޯލިޝަން ޕާޓީތަކުގެ ލީޑާޝިޕުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ ޖަލްސާގައި މާލެ ސަރަޙައްދަށް އެމްޑީޕީ އިން ހުށަހަޅާ ތަސައްވަރު ހާމަކުރާނެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު އާއި އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށް ދަތުރުކުރައްވާ، އެމްޑީޕީއިން ކުރިއަށް އޮތް ފަސް އަހަރަށް ހުށަހަޅާ ސިޔާސަތުތަކާއި ޕްލޭންތައް ހުށަހަޅުއްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި