ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ސްޓޭޓް މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ޝާހު އިސްތިއުފާ ދެއްވި މިއަދުގެ ވަގުތެއްގައެވެ. ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޝާހު ވަނީ ޖޭޕީންސްވެސް ވަކިވެވަޑައިގެންފައެވެ.
"ހަތާވީސް" އާ ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ޖޭޕީން ވަކިވެވަޑައިގެންނެވުމުން ކަމަށެވެ.
"އަޅުގަނޑު މަގާމަށް އައީ ޖޭޕީން، އެހެންވެ މަގާމުން އިސްތިއުފާދެއްވީ" ޝާހު ވިދާޅުވިއެވެ. ސިއްހީ ދާއިރާގައި ހުރި ބައެއް ކަންކަމާއި މެދު ހިތް ހަމަނުޖެހިވަޑައިނުގަތުންވެސް، އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ