އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގައި އަދަލާތު ޕާޓީގެ ކުލަ ބޭނުން ކުރުމުން އެ ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.
މުއިއްޒު ދެކޮޅުނު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު މަރުހަބާ ދެންނެވުމަށް ބަޔަކު އަދާލަތު ޕާޓީ ރަމްޒުވާ ކުލަ (ފެހިކުލަ) ހިމެނޭ ޓީޝާޓު ލައިގެން ނިކުތޔެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރުން ހަރުކަށީ އިބާރާތުން ކުށްވެރި ކޮށްފައެވެ. ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ނަޒީރު ވިދާޅުވީ އެއީ އިންތިހާބާ ބެހޭ އާންމު ގަވައިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
އެހެންވެ އެކަން ހުއްޓުވުމަށް ނަޒީރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. ބައެއް މިޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަދާލަތުގެ ޕާޓިން ސިޔާސީ ހަޔާތް ފެއްޓެވި މުއިއްޒުއަށް މަރުހަބާކިޔަން ނިކުތީ އެ ޕާޓީ އުފެދުމުގައި އުޅުނު މެމްބަރުންތަކެކެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި