އަންނަ މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި، ދެވަނަ ދައުރެއް އެމްޑީޕީ އަށް ލިބިއްޖެ ނަމަ ރޯދަމަހުގެ ފަހު 10ގައި ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް އެމްޑީޕީގެ ހެޔޮވެރިކަން މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް ބ. ދަރަވަންދޫގައި މިރޭ އެޕާޓީން ވަނީ ބާއްވައިފައެވެ.
ބައި ބަޔަށް ލޯންޗު ކުރަމުން އަންނަ އެމްޑީޕީގެ މެނިފެސްޓޯގައި މިރޭ ވަނީ ހެޔޮވެރިކަމުގެ ސިޔާސަތު ލޯންޗުކޮށްފައެވެ.
އެ މެނިފެސްޓޯގައިވާ "ދައުލަތުގެ ހިންގުން ވަރުގަދަކުރުން" އެ ބައިގައި ބުނެފައި ވަނީ
ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލުވެގެންއުޅޭ ދުވަސްވަރެއް ކަމަށްވާތީ އާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، އެ ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' މޮޑަލިޓީއިން މަސައްކަތް ކުރާ ގޮތަށް ކަނޑައަޅާނެ ކަމަށެވެ.
އެ މެނިފެސްޓޯގައި ބުނެފައިވާ ގޮތުގައި މަސައްކަތުގެ ބާވަތުންނާއި، މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން، އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގްގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާބެހޭ ގާނޫނުތަކަށް އިސްލާހުގެންނާނެ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން