ހުޅުމާލެ އިތުރަށް ހިއްކުމަށްޓަކައި އެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭން ގޯތި ދިނުމަށް ބޭނުންވާ ބިމާ، ދިޔަނެރު ފަޅު އަދި ތިލަފުށި ބޭނުންވާ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ)އާ ހަވާލުކޮށްފައިވާ ކަމަށެވެ.
އާބްންކޯ އިން ބުނީ ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.
މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓާ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓާ ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
އެ މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް އާބާންކޯއިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެކުންފުނީގެ އަމާޒަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން