އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުރަސް އަޅާ އަނިޔާވެރިކަން އިސް ކުރުން ބަލައެއް ނުގަނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އެހެން ޓްވީޓް ކުރައްވާފައި މިވަނީ ކ. ގުރައިދޫގައި އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގާ ބައެއް މީހުންނަށް އަނިޔާވުމާއި ގުޅިގެންނެވެ.
އިމްރާން ވަނީ ކެމްޕޭނުކުރުމުގައިވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާނުވުމަށް އިލްތިމާސް ކުރައްވާފައެވެ.
"ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިފަދަކަންކަމުން ދުރުވެތިބުމަށް ގޮވާލަން!" މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޕީއެންސީގެ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގުރައިދޫ އަށް ވަޑައިގަންނަވާތީ އެމްޑީޕީ އަށް ސަޕޯޓަރުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ބަނދަރު މައްޗަށް އެއްވެފައެވެ.
މި ހަމަނުޖެހުމުގެ ތެރެއިން ދެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ދެ މީހެއްގެ ބޯ ފަޅާލާފައިވާ ކަމަށްވެއެވެ.
މި ހަމަނުޖެހުމާއި ގުޅޭ ގޮތުން ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބަޔަކަށް އަނިޔާވި ކަމަށްވެސް ބުންޏެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު
ގިނަ އަދަދެއްގެ ޑުރަގާއެކު ފަސް މީހުން ހައްޔަރުކޮށްފި