އަންހެނުންގެ އިހުސާސްތައް ދެނެގަނެވުނު ހަމަ އެކަނި ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ އަންހެނުނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
އުފާވެރި އަންހެނުން "ޓީ ވިތު" އިބޫގެ ނަމުގައި ހުޅުމާލޭގައި ކުރިއަށް ދިޔަ އިވެންޓެއްގައި ރޮޒެއިނާ ވަނީ މީގެ ކުރިން އަތޮޅު ތެރޭގައި އަންހެނުން އަސާސީ ހިދުމަތްތައް ހޯދަން ޖެހުނު ހާލަތު، މިސާލުތަކާ އެކު ތަފްސީލު ކޮށްދެއްވާފައެވެ.
އެގޮތުން ބައެއް އަތޮޅުތަކުގެ އަންހެންވެރިން މީގެ ކުރިން ސާފު ބޯފެން ހިމެނޭހެން އަސާސީ ހިދުމަތްތައް ހޯދަން ތަހައްމަލުކުރަން ޖެހުނު ކަންކަން ހިއްސާކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވީ އެ އިހުސާސްތައް އެނގިވަޑައިގެންނެވީ ހަމައެކަނި ރައީސް ސޯލިހު ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ރައީސް މާލޭގައި ބްރިޖު އަޅުއްވަމުން ގޯތީ ދެއްވަމުން، ފްލެޓް ދެއްވަމުން، މަގުވެސް ހަދަމުން.. މި ހުރިހާ އަންހެނުންގެ ކަންތައް ރާއްޖޭގައި ބަލަހައްޓަވަމުން ގެންދަވަނީ،" އެއީ ހެޔޮވެރިކަމުގެ ސިފަތައް ކަމަށް ވިދާޅުވި ރޮޒެއިނާ، ރައީސް ސޯލިހަށް ތައުރީފް ކުރެއްވިއެވެ.
ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް އިޝާރާތްކުރައްވާ ރޮޒެއިނާ އުފެއްދެވީ ސުވާލެކެވެ.
"... އެދުވަހު ކީއްވެގެންބާވައޭ ޕްލޭނިން މިނިސްޓަރަކަށް ހުންނަވައިގެން ފެނާއި ނަރުދަމާ ގާއިމްކޮށްދެއްވަން މަސައްކަތް ނުކުރެއްވީ؟ މާލޭގައި ބްރިޖު އަޅައި ދެއްވިއިރު ކީއްވެގެންތޯއޭ އެ ބޭފުޅުން ބާކީކޮށްލެއްވީ"
މި ސަރުކާރުން އަންހެނުންނަށްޓަކައި ކޮށްދީފައިވާ ކަންތައްތަކުގެ ދިގު ލިސްޓެއް ރޮޒެއިނާ ވަނީ ހިއްސާކުރައްވާފައެވެ.
- 407 އަންހެނުންނަށް ޓްރެއިނިން ޕްރޮގްރާމްތައް
- ސަރުކާރުން ދޫކުރާ ކިޔަވާ ލޯނު ލިބުނު ދަރިވަރުންގެ 57 އިންސައްތަ އަކީ އަންހެނުން
- ވިހެއުމުގެ ޗުއްޓީ 4026 އަންހެނުން މިހާތަނަށް ނަގައިފި
- ނަރުހުންގެ މުސާރަ ބޮޑުކުރުން (90 އިންސައްތަ އަކީ އަންހެނުން)
- ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހަމަޖެއްސީ މި ސަރުކާރުގައި
- ޑިފެންސް މިނިސްޓަރަކަށް އަންހެނަކު ފުރަތަމަ ހަމަޖެއްސީވެސް މި ސަރުކާރުން
- ކައުންސިލްތަކުގެ 39 ޕަސެންޓަކީ އަންހެނުން
- ޑިޕްލޮމެޓިކް މިޝަންތަކުގެ 50 އިންސައްތަ އަންހެނުން
- ފުރަތަމަ ފަހަރަށް ސިފައިންގެ ލެފްޓިނެންޓް ކާނަލްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހުނުން އައްޔަން ކުރެވުނު
- ފުލުހުންގެ ސުޕްރިންޑެންޓުގެ މަގާމަށް އަންހެނުން އައްޔަން ކުރުވެނު
ތިވާނީ ރައިސްސޯލިހަށް އާއިލީގާތް ކަމެއް އޮތް ބަޔަކަށް . ބޮޑުމުސާރައެއް ލިބޭމަގާމެއް ލިބޭނީ އާއިލީމީހުން ނާގާތްތިމާގެ މީހުން ނަށް . ދިވެހި ހުރިހާ ރައްޔިތު އަންހެނުން ނަކަށް ރައީސް ސޯލިހު ސަރުކާރުން ވީހާކަމެއްގެ ލިސްޓެއް އަމުނައެއް ނުލެވޭނެ . ވީހާވައުދެއް ފުއްދިކަމަށް ބުނާއިރު މަގެއް ހަދާނުނިމިގެން ބުރިޖް ތަބެކޭ މުސކުޅި އަމައިގެ ހެލޭ ދަތެކޭއެއްވަރު ރައްޔިތުން އެކަކު އަނެކަކަށް ޝެއާރ ކުރާނީ ފޮޅިފަ އޮތް ބުރިޖް ތަބެއް އެވެސް ބަޅު ވެފަ އޮތް އޮނެއްފަދަ . ގައުމެއް ގެ ބައިތުލް މާލު ހުސްކޮއް ދަރުވާލީ.
ވަރަބިންދާލިކޮތަރު