މިމަހުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
މި ބަހުސް ކުރިޔަށް ގެންދަނީ ގައުމީ ޔުނިވާސިޓީ އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެންނެވެ. ބަހުސް އިއުލާންކުރި ޕީއެސްއެމް އިން ބުނީ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
ބަހުސް އޮންނާނީ އެރޭގެ 21:00ގައި ކަމަށް ޕީއެސްއެމް އިން ބުންޏެވެ. ޕީއެސްއެމްގެ ޗެނަލްތަކުން އެ ބަހުސްގެ އިޝްތިހާރު މިހާރު އަންނަނީ ދައްކަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަކީ 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އިންތިހާބެވެ. އެގޮތުން މިއަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތަރުތީބުން:
1. އުމަރު ނަސީރު (އަމިއްލަ ގޮތުން)
2. ހަސަން ޒަމީލް (އަމިއްލަ ގޮތުން)
3. އިބްރާހިމް މުހައްމަދު ސާލިހު (އެމްޑީޕީ)
4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
5. ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
6. ފާރިސް މައުމޫން (އަމިއްލަ ގޮތުން)
7. އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
8. ކާނަލް ރޓ މުހައްމަދު ނާޒިމް (އެމްއެންޕީ)
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު