ތިލަމާލެ ބްރިޖު ހެދުމަށް ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފަށައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ގްރޭޓާ މާލެ ކަނެކްޓްވިޓީ ޕްރޮޖެކްޓް (ޖީއެމްޕީސީ) ކުރިއަށްދާ ކަމާ މެދު އުފާކުރާ ކަމަށެވެ.

"މަޖާރާޖާ" ނަމަކަށް ކިޔާ ދެވަނަ ޖެކަޕް ޕްލެޓްފޯމުން "މަހާރަނި" ޖެކަޕް ޕްލެޓްފޯމާ ގުޅިގެން މާލެ އާއި ވިލިނގިލި އާ ދެމެދު އޮންނަ ސަރަހައްދުގައި މެރިން ޕައިލިން ހަރަކާތްތައް ކުރިއަށް ގެންދަން ފަށައިފައިވާ ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

އަދި ހަމައެއާއެކު ސުޕަސްޓްރަކްޗާތައް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ ޕައިލިން މަސައްކަތްކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ފަޅުގެ ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ.

އިންޑިއާ ހިލޭ އެހީ އަދި ކްރެޑިޓް އޮފް ލައިންގެ ދަށުން ހަދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޗެކްޓް (ޖީއެމްޕީސީ)ގެ މަސައްކަތް ކުރިޔަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

މި މަޝްރޫއުގެ ދަށުން 6.47 ކިލޯ މީޓަރު ދިގު ބްރިޖް އަދި ކޯސްވޭ އިން މާލެ އާއި ވިލިނގިލި ،ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓު ކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

ހައެއް ޕޮއިންޓު ހަތެއް ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއާޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.