ހުޅުމާލޭގެ ފެރީޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓުން 25 ގޮޅިއެއް ކުއްޔަށް ދޭން އާބަންކޯ އިން މިއަދު ހުޅުވާލައިފި އެވެ.
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ހުންނަ ރަަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޫކުރާނީ ބީލަމުގެ އުސޫލުން ކަމަށެވެ. އެ ގޮޅިތައް ހިންގުމަށް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެގޮތުން މިއަދު ހުޅުވާލި ގޮޅިތައް ކުއްޔަށް ދެނީ ދެ އަހަރަށް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އާބަންކޯއިން ދޫކުރާގޮޅިތަކުގެ ބޮޑުމިނަކީ 73.33 އަކަފޫޓެވެ. މިއަދު ހުޅުވާލި 25 ގޮޅިއަށް ހުށައަޅާ ބީލަން ފެށޭ އަގަކީ 3،500ރ. އެވެ.
އިއުލާނުގައިވާ ގޮތުން، އެ ގޮޅިތައް ކުއްޔަށް ދޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނަށް އެކަންޏެވެ. އަދި ހުޅުމާލެ ރަށު މާރުކޭޓުން މިހާރު ވެސް ގޮޅި ކުއްޔަށް ނަގާފައި ހުރި މީހަކަށް ވެގެން ނުވާނެ އެވެ.
އެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ މީހުން މި މަހުގެ 30 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ބީލަން ހުޅުވުން ވެސް އޮންނަނީ ހަމަ އެ ދުވަހު އެވެ. އާބަންކޯ އިން ވަނީ މިދިޔަ މާޗު މަހު ވެސް އެތަނުން ގޮޅި ކުއްޔަށް ދީފަ އެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި