މާލެ ސަރަހައްދުން ބަންޑާރަ ގޯތި ލިބޭ މީހުންނަށް ގޯތި ލިބޭނެ ތަންތަން ކަނޑައެޅުމަށް ނަގާ ގުރުއަތުލުން އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގޯއްޗާއި ފްލެޓު ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތިތައް ސަރުކާރުން ދޭނީ ރަޖިސްޓްރީ ވެސް ކުރުމަށް ފަހު ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް، ގޯތި ލިބިފައިވާ މީހުންނަށް އެކަމުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ދެނީ ރަޖިސްޓްރީއާއެކު ޕްލޮޓު ކަނޑައަޅާފައި،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޯއްޗަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ނޮވެމްބަރު 11ގެ ކުރިން ގޯތި ދޭނެ ކަމަށެވެ. އަދި ގޯތީގެ ރަޖިސްޓްރީ ވެސް ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތުލުން އޮންނާނީ ގަލޮޅު ދަނޑުގައެވެ.
ސަރުކާރުން ގޯތި ދޫކުރަން ނިންމާފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުގައި މީހުން އާބާދުވުމުގެ ކުރިން އެތަންތަނުގެ ލޭންޑު ޔޫސް ޕްލޭނާ އެއްގޮތަށް ހިދުމަތްތައް ގާއިމް ކުރެވިގެން ދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި