ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ ތަންފީޒުކުރުން ފަސްކޮށް, ނަމަވެސް ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.
ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެއިސްތިއުނާފް ނިމެންދެން ޖަލު ހުކުމާއި ޖޫރިމަނާގެ ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި ދާދިފަހުން އެދިވަޑައިގަތެވެ. އެމަނިކުފާނުގެ ކިބައިން ޖޫރިމަނާ ހޯދަން ދައުލަތުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
ހައި ކޯޓުން މިއަދު އެންގީ ޖޫރިމަނާގެ އަދަބު ތަންފީޒުކުރަން އެއްވެސް ފިޔަވަޅެއް ކަމާބެހޭ އިދާރާއަކުން ނޭޅުމަށެވެ. ނަމަވެސް ޖަލު އަދަބު ތަންފީޒުކުރަން އަމުރު ކުރެވޭނެ ގާނޫނީ ހަމައެއް ނެތުމުން އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައި ބުނެފައިވަނީ ޖިނާއީ އަދަބުތައް ފަސްކުރަން އަމުރު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުގަ އެވެ.
ޖަލު ހުކުމާއި ޖޫރިމަނާގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވެސް ބަންދުވި އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، އެ ކޯޓުން ވެސް ނިންމީ އެ ނިންމުން ރަނގަޅު ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި