ގއ. ވިލިގިލީގައި ސަރުކާރުން ތަރައްގީކުރި ވޮލީ ކޯޓާއި ފުޓްބޯޅަ ދަނޑަށް ބަޔަކު ގެއްލުންދީފިއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ގެއްލުން ދީފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓް ހުޅުވައިދެއްވަން ތައްޔާރީތައްވަމުން ދަނިކޮށް ކަމަށެވެ.
އެހެންވެ އިވެންޓް ކެންސަލް ކުރަން ޖެހިފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
އެގޮތަށް ކެމްޕޭނަށް ހުރަސް އެޅުމަކީ ހިތާމަވެރިކަމެއް ކަމަށާއި އެއަށްވުރެ ސިޔާސީ ޕާޓީތަކުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެތަނަށް ގެއްލުންދީފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ. ރައީސްގެ ރިޔާސީ ކެމްޕޭނުގައި ރަށްރަށަށް ވަޑައިގަންނަވަމުން ގެންދަވާއިރު އިދިކޮޅު ޕީޕީއެމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ދަނީ އެމްޑީޕީއަށް ހުރަސްއަޅަމުންނެވެ. ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގައި އެކަމަށް ހިތްވަރުވެސް ދެމުންދެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން
މުޅިން ދޮގު. ޑޮލަރު ވަގު ނިމުނުތަނެއް ދޯ ހުޅުވާލަ ދެވޭނީ.
އަލިފް ހާ