އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ފުވައްމުލަކުން ސިދާ ރައީސް ވަޑައިގެންނެވީ ށ. ފުނަދުއަށެވެ. މޯލްޑިވިއަން އޭޓީއާރް ފްލައިޓެއްގައި ކުރައްވާ އެ ދަތުރުގެ ދިގުމިނަކީ ދެ ގަޑި އިރާއި 15 މިނެޓެވެ. ފުނަދުއަށްފަހު، މިއަދު ރަައީސް ވަޑައިގަންނަވާނީ މާއުނގޫދޫ، ޅައިމަގު ނަރުދޫ، ފީވަށް އަދި މިލަންދޫއަށެވެ.
ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައިވާއިރު އެމަނިކުފާނު އެ ސިޓީއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފުވައްމުލަކަށް ނިސްބަތްވާ ނައިބް ރައީސް ފައިސަލް ނަސީމްއާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ ކެމްޕެއިން ރައީސް ސޯލިހު ފެއްޓެވީ މިމަހުގެ 9ވަނަ ދުވަހު ށ. އަތޮޅުންނެވެ. ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތައް:
ށ. އަތޮޅުގެ ހަތަރު ރަށް
ކ. އަތޮޅުގެ ތިން ރަށް
މ. އަތޮޅުގެ 8 ރަށް
ބ. އަތޮޅުގެ ފަސް ރަށް އަދި
ހއ. އަތޮޅުގެ 10 ރަށް
ފުވައްމުލައް ސިޓީ
އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ކުރިއަށް އޮތް އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ސާފު މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ