ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެއެވެ.
ފާތިމަތު ހަސަން އަވަހާރަވީ ސްރީ ލަންކާގައެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 86 އަހަރުފުޅެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
ފާތިމަތު ހަސަން އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮންމަންމާފުޅެވެ. ނ. ވެލިދޫ އަށް އުފަން ފާތިމަތު ހަސަން އަކީ ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މިހާރުގެ މެންބަރުގެ ބޮޑުދައިތަފުޅެވެ.
އެކަމަނާ އަވަހާރަވިއިރު ޔާމީންގެ އިތުރުން، އިތުރު ފަސް ބޭފުޅުން ދުނިޔޭގައި އެބަ ހުންނެވިއެވެ. މަންމާފުޅު އަވަހާރަވިއިރު ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ޖަލުގައެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން