މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް އެ ކުންފުނީގެ ކުލަ އާއި ލޯގޯ ބަދަލުކޮށްފިއެވެ. އެކުންފުނި ރީ ބްރޭންޑް ކޮށްފައި މިވަނީ 36 އަހަރު ފަހުންނެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ނަމުގައި ހިންގި ނަމަވެސް 2008ވަނަ އަހަރު އެމްޕީއެލްގެ ނަމަށް އެ ކުންފުނީގެ ނަން ވަނީ ބަދަލުކޮށްފައެވެ. އަދި 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލުކުރިއެވެ.

އެމްޕީއެލްގެ ކުލަ އާއި އައު ލޯގޯ އިފްތިތާހް ކޮށްފައި ވަނީ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ "ސްޓާފް ނައިޓް" ގައެވެ.

https://twitter.com/Portmv/status/1679590545210105856?s=20

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ސިފަ ކުރެއްވި ގޮތުގައި އެކުންފުނި ރީބްރޭންޑް ވެގެން ދިއުމަކީ ޕޯޓުގެ ހިދުމަތް ޒަމާނީ ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ އެއްބައިގެ ގޮތުގައެވެ. ޝާހިދު ވަނީ އެކުންފުނިން ދެމުން އަންނަ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން ގިނަ ހިދުމަތްތަކެއް މިހާރު ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޒަމާނީ ކޯޕަރޭޓް މާޙައުލެއްގައި، ޕޯޓްގެ ހިދުމަތް ފުޅާކުރުމުގެ ޕްލޭންތަކާއިއެކު މަސައްކަތް ކުރާއިރު ކުންފުނީގެ ބްރޭންޑް އިމޭޖްވެސް ޒަމާނީ ވާންޖެހޭ ކަމަށެވެ.