ނ. މާފަރު އެއާޕޯޓު "ފޭސް ދޭއް" ސަރަހައްދުން "ކަޅު ބޮޑު ޖަނަވާރެއް" މަޑު ހިނގުމެއްގައި ދާ މަންޒަރު ވީޑިއޯ ކުރީ ބިދޭސީންތަކެކެވެ. ސޯޝަލް މީޑިއާ އާއި މާފަރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައީ އެ މީހުންނެވެ. އެ ޖަނަވާރުގެ މަންޒަފު ރަށުގެ އެހެން ސަރަހައްދަކުން ފެނިގެން އެހެން ބަޔަކުވެސް ރަށު ތެރޭގައި އެ ވާހަކަ ދައްކަން ވަނީ ފަށައިފައެވެ. އެއާ އެކު ދެ ޖަނަވާރެއް އުޅޭ ކަމަށް ވަނީ އަޑު ފެތުރިފައެވެ. މިއާއެކު އެ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ގުޅިގެން އެއާޕޯޓުން ވަނީ ފަށައިފައެވެ.
"އަޅުގަނޑުމެން ވެހިކަލްތަކުގައި ގޮސް އޭތި ހިނގާފައި ދިޔަ ތަނަށް ގޮސް ބެލިން. ނުފެނުނު. ފިޔަވަޅެއްވެސް ނެތް،" މާފަރު އެއާޕޯޓުގެ މެނޭޖަރު ޖަޒްލާން "ހަތާވީސް" އަށް ވިދާޅުވިއެވެ.
"ފިޔަވަޅު ފެންނަން ނެތީ ވާރޭ ވެހުނީމަ ކަމަށްވެސް ވެދާނެ. ވަރަށް އެބަ ބަލާ،"
https://twitter.com/hathavees/status/1673329338698158085?s=20
ޖަލްޒާން ވިދާޅުވީ އާއްމުވެގެން އުޅޭ ވީޑިއޯ އިން ފެންނަނީ މާފަރުގެ މަންޒަރެއްކަން ޔަގީންވާ ކަމަށެވެ. އެއީ އެމްޓީސީސީން މަސައްކަތް ކުރަމުންދާ ސަރަހައްދު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވީޑިއޯ އިން ފެންނަ ގޮތުން އެއީ ބޮޑު ޖަނަވާރެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން ދަނީ ހަތިޔާރަކާ ނުލާ ކަމަށެވެ. ފައިމަގުގައި ހިނގާފައި ވެސް އެ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިވަގުތު ސިފައިން ހަތިޔާރަކާ ނުލާ ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އިތުރު ބެކަޕް ޓީމަކަށް ބޭނުންވެއްޖެ ނަމަ އެކަން އެބޭފުޅުން ކުރައްވާނެ ކަމަށް ޖަޒްލާން ވިދާޅުވިއެވެ.
"މިކަމާއި ގުޅިގެން މާފަރު އޮތީ ބިރުވެރިކަމެއްގައި. އެއީ ކޮންއެއްޗެއް ކަމެއް އަދި ނޭނގެ،" ޖަޒްލާން ވިދާޅުވިއެވެ.
މާފަރު މީހަކު "ހަތާވީސް" އަށް ކިޔައިދިން ގޮތުގައީ ބެލެވެނީ އެއީ ހިލަ ބާޖަކުން އެ ރަށަށް ފޭބި އެއްޗެއްގެ ގޮތުގައި ކަމަށެވެ. ހިލަ ބާޖު އެރަށަށް އައިތާ މިހާރު ދެ ދުވަހެއްވަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ. އިތުރު މީހަކު ބުނި ގޮތުގައި މިނިކާވަގެއް ކަމަށް ބެލެވޭ ދެ ޖަނަވާރެއް އެރަށުގައި އުޅޭ ކަމަށެވެ. އެއީ ކުޑަ އެއްޗަކާއި ބޮޑު އެއްޗެއް ކަމަށްވެއެވެ. އެތަނުން އެކަތި އުޅެނީ އާއްމުން އުޅޭ ސަރަހައްދާއި ކައިރީގައި ކަމަށާއި އަނެކަތި އުޅެނީ އެއާޕޯޓު ސަރަހައްދުގައި ކަމަށެވެ.
އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު "ހަތާވީސް" އަށް މިރޭ ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބިފައިވާ ކަމަށާއި އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								