ރިކޯޑް އަދަދުގެ ހައްޖާޖީންނާއެކު މި އަހަރުގެ ހައްޖުގެ އަޅުކަން ފަށައިފިއެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އަރާއިރު މިއީ 2022 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ކުރި އިއުލާނުގައިވާ ގޮތުން ސައުދީން ބޭރު 1.62 މިލިއަނަށް ވުރެ ގިނަ ހައްޖާޖީންނާ އެކު، ޖުމްލަ 2.5 މިލިއަން މީހުން ބައިވެރިވާނެއެވެ. ސައުދީން ހައްޖުގައި ބައިވެރިވާ މީހުންގެ ސީދާ އަދަދު އަދި އިއުލާނެއް ނުކުރެއެވެ.

https://twitter.com/HaramainInfo/status/1673131995495387138

ހައްޖުގެ އަޅުކަން އަދާކުރުމަށް ކަމާބެހޭ އެންމެހާ ވުޒާރާތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، ސަލާމަތީ ބާރުތަކުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

އެއްގަމު އުޅަނދުފަހަރާއި ފައިމަގުގައި އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ހައްޖުވެރިން މާތް ވެގެންވާ ތަންތަނަށް ދަތުރުކުރި ނަމަވެސް ސައޫދީ ސަރުކާރުން ވަނީ ފާއިތުވި އަހަރުތަކުގައި މަގުތަކާއި ޓަނަލްތަކާއި ބްރިޖްތައް ތަރައްގީކޮށް ރަނގަޅުކޮށްފައެވެ. އެ އިންފްރާސްޓްރަކްޗާގެ ސަބަބުން ހައްޖަށް މީހުން ގެންދިއުމަށް މަގުފަހިވެ، އެކި ސެކިއުރިޓީ ޑިޕާޓްމަންޓްތަކުގެ އެތައް ހާސް އޮފިސަރުންނެއް އެމީހުންގެ ދަތުރުފަތުރު މޮނިޓާކޮށް އިންތިޒާމް ކުރުމަށް ހަވާލުކުރެއެވެ.

https://twitter.com/HaramainInfo/status/1673135463069040641

ހައްޖުވެރިން ތިބުމަށް މިނާގައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތައް ފޯރުކޮށްދިނުމާއި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތައް ތިބުން ހިމެނެއެވެ.

ހައްޖުގެ އަޅުކަމުގައި ހީޓްސްޓްރޯކް، ޑީހައިޑްރޭޝަން އަދި ވަރުބަލިވުމުގެ މައްސަލަތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް 32،000 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނާއި ގިނަ އެމްބިއުލާންސްތައް ތައްޔާރަށް ތިބި ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

https://twitter.com/HaramainInfo/status/1673149225956147201

ޙައްޖުގެ އަޅުކަމަކީ ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ކުޅަދާނަ ކޮންމެ ބޮޑު މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ދީނީ އަޅުކަމަކަށްވާއިރު މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ދާނީ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

މައްކާގެ އިރުން ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ދުރުގައި އޮންނަ ބޮޑު ޓެންޓް ސިޓީއެއް ކަމަށްވާ މިނާއަށް ހައްޖުވެރިން ދަތުރު ވަނީ ރޭގެ ވަގުތެއްގައި ފަށާފައެވެ. މީނާ މަޝްހޫރުވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ޓެންޓް ސިޓީގެ ގޮތުގައެވެ.