ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ސްރީލަންކާގައި ވެސް ވައި ތަގައްޔަރުވުމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ މަޝްހޫރު ކާޑިއޮލޮޖިސްޓަކު ވިދާޅުވެއްޖެއެވެ.
ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ.އަނިދު ޕަތިރާނާ ވަނީ ނިއުސް ބްރީފިންގައި ވައި ތަގައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
"ވައި ތަގައްޔަރުވުމަކީ ޒަމާނުއްސުރެ ތިމާވެށީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބެލެވިފައި އޮތް ނަމަވެސް، އާ ދިރާސާތަކާއެކު އިންސާނުންގެ ސިއްހަތަށް އޭގެ އަސަރު މިހާރު އަންނަނީ ކުރަމުން،" ޑރ ވިދާޅުވިއެވެ.
"ވައި ތަގައްޔަރުވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑު ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައި"
"ފެންވަރު ދަށް ވައިގައި ނޭވާލާއިރު، ވައި ތަގައްޔަރުވާ މާއްދާތައް ފުއްޕާމޭގެ ތެރެއިން ލޭގެ ތެރެއަށް އަދި ހިތަށް ވެސް ދަތުރުކޮށްފާނެ. މިކަމުގެ ސަބަބުން ހިތާއި ދައުރުވާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެދާނެ،" ޑރ. ޕަތިރާނާ ވިދާޅުވިއެވެ.
ލަންކާގައި ވައި ތަގައްޔަރުވާ މިންވަރު އިތުރުވަމުންދާތީ، ވައި ތަގައްޔަރުވުމާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ވަކިން ހާއްސަކޮށް ހިތުގެ މައްސަލަތައް ހުންނަ މީހުން ތަޣައްޔަރުވެފައިވާ ވައިގެ އަސަރުން ދުރުހެލިވާން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ޕަތިރާނާ ވިދާޅުވީ ވައި ތަޣައްޔަރުވުމުގެ އަސަރު ކުރަނީ ހަމައެކަނި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ނޫން ކަމަށެވެ. ގައިންގަޔަށް ނާރާ އެހެން ބަލިތައް ކަމަށްވާ ލޭގެ ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް، ހަކުރު ބައްޔާއި ކެންސަރު އަދި ފުއްޕާމޭގެ ދާއިމީ ބަލިތައް ހުންނަ މީހުންނަށްވެސް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.
ވައި ތަޣައްޔަރުވުމަކީ ޖައްވުގެ ގުދުރަތީ ސިފަތަކަށް ބަދަލު ގެނެސްދޭ ކެމިކަލް، ޖިސްމާނީ ނުވަތަ ބަޔޮލޮޖިކަލް އެޖެންޓުން އިންޑޯ ނުވަތަ އައުޓްޑޯ މާހައުލު ތަޣައްޔަރުވުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އާބާދީގެ 99 އިންސައްތަ އަކީ ވައި ތަގައްޔަރުވާ މިންވަރު ރިކޮމެންޑް ކޮށްފައިވާ މިންވަރަށް ވުރެ މައްޗަށް ގޮސްފައިވާ ސަރަހައްދެކެވެ.
އެހެންކަމުން ގޭބިސީތަކުގެ ވައި ތަގައްޔަރުވުން ކުޑަކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސާފު ތެލާއި ޓެކްނޮލޮޖީ ބޭނުންކުރުން ޕްރޮމޯޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ތެރޭގައި ސޯލާ ޕަވާ، ކަރަންޓް، ބަޔޯ ގޭސް، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ)، ނެޗުރަލް ގޭސް އަދި އަލްކޮހޯލް ފިއުލް ހިމެނެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު