ސައުދިއަރަބިޔާގެ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުން އިރާގުގެ އުމުރުން 70 އަހަރުގެ އަންހެން ހައްޖުވެރިއެއްގެ ފުރާނަ ސަލާމަތްކޮށްފިއެވެ.
ރެޑް ކްރެސެންޓުން، އެ އަންހެން މީހާ ހޮސްޕިޓަލުގެ އިމަޖެންސީ ޑިޕާޓްމަންޓަށް ގެންދިޔައީ ބޭރަށް ހިނގުމާއި، ބޮލުގައި ރިއްސުމާއި، މާ ބޮޑަށް ވަރުބަލިވުމުންނެވެ.
މައްކާ ހެލްތު ކްލަސްޓާގެ ތަރުޖަމާނު ހަތޭމް އަލް މަސްއޫދީ ވިދާޅުވީ ލެބޯޓްރީ އަދި ރޭޑިއޮލޮޖިކަލް އެގްޒެމިނޭޝަންތައް އެނގުނު ގޮތުން ހައްޖުވެރިޔާގެ ވާތު ކިޑްނީގައި ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައިވާ ކަމަށެވެ. އޭގެ ސަބަބުން ފިނިހޫނުމިން މަތިވެ ލޭ ވިހަވި ކަމަށް މަސްއޫދީ ވިދާޅުވިއެވެ.
ޑޮކްޓަރުން ވަނީ ބަލިމީހާގެ ވާތު ކިޑްނީ ނެގުމަށް އިމަޖެންސީ ސާޖަރީއެއް ހަދާފައެވެ. އާއްމު ގޮތެއްގައި މި ހާލަތު ދިމާވާ މީހުން ތެރެއިން 60 އިންސައްތަ މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަލް މަސްއޫދީ އަރަބް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަ ގަޑިއިރުގެ އެ އޮޕަރޭޝަން ކޮށްފައިވަނީ ޔޫރޮލޮޖިސްޓުންނާއި ސާޖަނުންނާއި އެނެސްތެޓިސްޓުންގެ އިންޓެގްރޭޓިވް ޓީމަކުން ކަމަށެވެ. އޮޕަރޭޝަނަށްފަހު އެ ހައްޖާޖީ ވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
މަސްއޫދީ ވިދާޅުވީ އިރާގުގެ ހައްޖުވެރިޔާގެ ވާތު ކިޑްނީގައި ރިއްސާތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން ސަބަބަކާއި ހުރެ ކަމެއް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެ އޮޕަރޭޝަނުން މައްކާގެ ސިއްހީ ދާއިރާގެ އާދަޔާ ހިލާފު ގާބިލުކަން ހާމަވެގެން ދެއެވެ. ސައުދީ ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށާއި،ޒިޔާރަތްކުރާ ފަރާތްތަކަށް، ފާހަގަކޮށްލެވޭ ސިއްހީ ތަޖްރިބާއާއި، ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު