މިދިޔަ އަހަރުގެ ފައިދާ އިން 77 ރުފިޔާ ހިއްސާ އަކަށް ބެހުމަށް ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން ނިންމައިފިއެވެ.
ރޭ އެކުންފުނިން ވަނީ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފައެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ރޭ ބޭއްވި އެ ޖަލްސާގައި 77 ރުފިޔާ ހިއްސާ އަކަށް ބެހުމަށް ފާސް ކުރީ 99 ޕަސެންޓު މީހުންގެ ވޯޓުންނެވެ.
މިދިޔަ އަހަރުގެ ފައިދާ އިން 77 ރުފިޔާ ހިއްސާ އަކަށް ބެހުމަށް ނިންމިއިރު 2021ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބެހުމަށް މިދިޔަ އަހަރު އެ ކުންފުނިން ނިންމީ 65 ރުފިޔާއެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ޖުމްލަ ފައިދާގެ ގޮތުގައި 515 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެސްޓީއޯ އިން ބުނީ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރުގެ ފައިދާ އިން 77 ރުފިޔާ ބަހަން ނިންމިއިރު ދެހާސް އެކާވީސް ވަނަ އަހަރުގެ ފައިދާ އިން އެސްޓީއޯ އިން ވަނީ 65 ރުފިޔާ ބަހަން ނިންމައިފައެވެ.
ޑިންގީއެއްގައި ނިކުތް މީހެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފި
ހަނގުރާމައިގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާކަށް ނުދޭނަން
ފެންނަ ނުފެންނަ ވޯޓާ މެދު އަލުން ވިސްނުމަށް ގޮވާލަން: ނަޝީދު
ހަނގުރާމައާ ގުޅިގެން އާމްދަނީއަށް ކޮށްފާނެ އަސަރުތައް ބަލަނީ
ރައީސް އަޅުގަނޑަށް ތާއީދުކުރާ ކަމަށް ބުނެފައެއް ނޯންނާނެ: ޣާލިބް
ރައީސްގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި