އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން ފަސޭހަކަމާއެކު މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ޖާގަ ޔަގީން ކުރުމާއެކު ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލި ކުޅުންތެރިންގެ މާޔޫސްކަމުގެ ޖަޒުބާތުތައް ބަންޑުން ކޮށްލައިފިއެވެ.
ލީގުގައި ބާކީ އެއް މެޗު އޮތް އިރު، ލިވަޕޫލް ފަސް ވަނައިގައި އޮތީ 66 ޕޮއިންޓާއެކުއެވެ. އޭގެ ކުރީގައި 70 ޕޮއިންޓާއެކު ނިއުކާސަލް ޔުނައިޓެޑް އޮތް އިރު ތިންވަނައިގައި ޔުނައިޓެޑު އޮތީ 72 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ ކުރީގައި ދެވަނައިގައި އާސެނަލް 81 ޕޮއިންޓް ހޯދައިގެން އޮތް އިރު ލީގު ހޯދާފައިވާ ސިޓީ ވަނީ 89 ޕޮއިންޓް މިހާތަނަށް ހޯދައިފައެވެ.
ލިވަޕޫލުން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވެފަވާ އިރު، އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ބުނީ އެއީ ލިވަޕޫލްގެ ފެންވަރު ނޫން ކަމަށެވެ. އަދި ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޖެހޭ ވަރުގެ ކުލަބެއް ކަމަށާއި، އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށެވެ.
"ޗެމްޕިއަންސް ލީގަށް ޓީމު ގެންދެވޭނެ ހުރިހާ ކަމެއް މި ކުލަބުގައި އެބަހުރި. އެކަން އަހަރަމެންނަށް ނުވުމަކީ ހަގީގަތުގައި އެއްވެސް ބަހަނާއެއް ދެއްކޭނެ ކަމެއް ނޫން. ބޮޑު ނާކާމިޔާބީއެއް،" ސަލާހު ބުންޏެވެ.
ސަލާހު ބުނީ ލިވަޕޫލަށް މި ލިބުނު ނާކާމިޔާބީއާއެކު އޭނާއާއި މުޅި ޓީމުވެސް އޮތީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. މިއީ އަމިއްލައަށް ލިބުނު ދެރައެއް ކަމަށް ވެސް ސަލާހު ބުންޏެވެ.
"އަހަރެންނަށް އިނގޭ އަދި މިހެން ބުނަން އަވަސްކަން. އެކަމަކު ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން،"
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް މިފަހުން ވަނީ ޔޫރޮޕާ ލީގަކީ އަންނަ ފަހަރުގެ ލިވަޕޫލް ކުޅޭނެ މުބާރާތަށް ވުމުން މާޔޫސްކަން ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް މިހާރުގެ ޓީމުތަކަށް ބަލައި، އެ ހިސާބަށް ލިވަޕޫލް ދަތުރު ކުރުމަކީ ވެސް ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން