ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓްރު އަލީ ވަހީދުގެ ކޯޗުކަމުގައި އިނގިރޭސިވިލާތުގެ ސްޕޯޓިންގް ލަންޑަނާއެކު ތާރީހީ ބޮޑު ފައިނަލަށް ނުކުންނަން ތައްޔާރަށް އޮތްކަން އޭނާ ހާމަކޮށްފިއެވެ.
ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން ވެސް ފުޓުބޯޅައިގެ ތެރޭގައި އުޅުނު އަލީ ވަހީދު އިއްޔެ އޭނަގެ ޓުވިޓާގައި ބުނެފައިވަނީ އަންނަ ހޮނިހިރު ދުވަހަކީ އޭނާގެ ކޯޗިންގް ކެރިއަރުގައި ތާރީހީ ދުވަހެއް ކަމަށެވެ.
”ކޯޗިންގ ކެރިއަރުގެ ތާރީޚީ ފައިނަލް އަންނަ ހޮނިހިރު ދުވަހު ލަންޑަންގެ ކާޝަލްޓަން ސްޓޭޑިއަމްގައި" އަލީ ވަހީދު ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގައި އަލީ ވަހީދު ކޯޗުކަން ކޮށްދެން ފެށީ 2021 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ފަހުން އެ ގައުމުގެ ގްރާސްރޫޓް ފުޓުބޯޅައިގެ ކުލަބުތަކާއެކު ކާމިޔާބީތަކެއް އޭނާ ހޯދާފައިވާ އިރު، ރައުލް ޑެބުންސަން ކަޕްގެ ޗެމްޕިއަންކަން ސްޕޯޓިން ލަންޑަނަށް އޭނާ ވަނީ މިދިޔަ އަހަރު ހޯދައިދީފައެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ސްޕޯޓިން ލަންޑަން އިން ހޯދީ ފައިނަލުގައި ފަހަތުން އަރައި 1-7 ގެ ނަތީޖާއަކުން ޑައިނަމޯ ލަންޑަން ބަލި ކުރުމަށްފަހުއެވެ.
މިފަހަރު އަލީ ވަހީދު އެކުލަބު ގޮވައިގެން ފައިނަލަށް ދަތުރު ކޮށްފައިވަނީ ވިމްބަލްޑަންގެ ޑިސްޓްރިކްޓް ލީގުގެ 125 ވަނަ އަހަރުވީ ސެންޗަރީ ކަޕް ފައިނަލަށެވެ. މިއީ ދިވެހި ކޯޗެއް ޔޫރޮޕުގެ މިފަދަ މުބާރާތެއްގައި ކޯޗުކަން ކޮށްދޭ ފުރަތަމަ ފަހަރެވެ.
ސިޔާސީ ވާހަކަތައް މަދުކޮށް ވޭތުވެ ދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އަލީ ވަހީދު އޭނަގެ ސޯޝަލް މީޑިއާގައި މުޅިންހެން ގެނެސްފައިވަނީ ފުޓުބޯޅައިގައި އޭނާ ކުރަމުން އަންނަ މަސައްކަތްތަކެވެ.
އަލީ ވަހީދު ވަނީ އިނގިރޭސި ފުޓުބޯޅަ ކޯޗިންގެ ފަސް ލެވެލްގެ ތެރެއިން މިހާތަނަށް ދެ ލެވެލް ހާސިލް ކޮށްފައެވެ.
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް