އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓަލެން ނޫސްތަކުގެ ހެޑްލައިންތަކަށް އެރީ މީގެ ތިން އަހަރު ކުރިން އެމެރިކާގެ މައުރަޒެއްގައި އަޅިކުލައިގެ ޑަކްޓް ޓޭޕުގަނޑަކުން ފާރެއްގައި ތަތްކުރި އިން ދޮންކެޔޮ ވަކަކުންނެވެ. އެންމެ ފުރަތަމަ އެ އާޓް ޑިސްޕްލޭ ކުރީ އެމެރިކާގެ މިއާމީގެ އާޓް ބަސެލް މިއަމީ ބީޗްގައެވެ. ކޮމީޑިއަންގެ ނަން ދީފައިވާ މި އާޓްވޯކްގެ އަގު އުޅެނީ 120،000 ޑޮލަރުގައެވެ. އެ ދޮންކެޔޮ، މައުރީޒިއޯ ގަނެފައިވަނީ މިއާމީ ފިހާރައަކުން 30 ސެންޓަށެވެ.
އެ ދޮންކެޔޮ އާޓް މިހާރު ވަނީ ދެކުނު ކޮރެޔާގެ ސިއޯލްގެ މިއުޒިއަމެއްގެ ޑިސްޕްލޭގައި ބަހައްޓާފައެވެ. އެކަމަކު އެތަނުގައި ޑިސްޕްލޭ ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ދޮންކެޔޮ ވަތް ވަނީ ގެއްލިފައެވެ. ކެޓަލެންގެ އާޓް ދެއްކުމަށް ކުރިއަށްދާ މައުރުޒަށް ދިޔަ ދަރިވަރަކު ވަނީ ދޮންކެޔޮ ކެއުމަށް ދޮންކެޔޮގެ ތޮށިގަނޑު ޓެޕް އަޅައި ތަތްކޮށްފައެވެ. ދޮންކެޔޮ ވަތް ކާލީ ކީއްވެތޯ ސުވާލު ކުރުމުން ސޯލް ނޭޝަނަލް ޔުނިވާސިޓީގެ އާޓްސް ކިޔަވަމުންދާ އެ ދަރިވަރު ބުނީ ހެނދުނުގެ ނާސްތާ ނުނަގައި ހުރުމުން ބަނޑުހައިވެފައި ހުރުމުން ކަމަށެވެ.
ކޮރެޔާގެ ނޫހަކަށްށް ފޯނުން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޒަމާނީ އާޓްގެ މަސައްކަތަކަށް ގެއްލުން ދިނުމަކީ ވެސް އެއްބާވަތެއްގ އާޓްވޯކެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމަށެވެ. އަދިދޮންކެޔޮގެ ތޮށި އަލުން ގުޅާލުމުގެ ހިޔާލު އައީ އެއީ މަޖާ ގޮތަކަށް ބެލުމަށް ކަމަށް ހީކޮށް ކަމަށް އޭނާ ބުންޏެވެ.
މައުރަޒުގެ ކުރިން، އާޓިސްޓުން ދިން އިރުޝާދުތަކާ އެއްގޮތަށް ކޮންމެ ދެތިން ދުވަހަކުން ދޮންކެޔޮ ވަތް ބަދަލުކުރެއެވެ. މިއުޒިއަމުން ނިންމީ އެ ދަރިވަރުގެ މައްޗަށް ގެއްލުމުގެ ބަދަލު ނުހޯދުމަށެވެ. އަދި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާށެވެ. މިއީ ދޮންކެޔޮވަތް ކާލި ފުރަތަމަ ފަހަރެއް ނޫނެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި