ތައިލެންޑުގެ ފުލުހުން، ސަަރަހަތު ސަވަންގްޖާން ނަމަކަށް ކިޔާ މީހަކު ހޯދަމުން އަންނަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. އޭނާ ހޯދަމުން ދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ޑްރަގުގެ ބޮޑެއް ކަމަށްވާ ސަރަަތަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (އެމްޑީއެމްއޭ) ޔޫރަޕުން ތައިލެންޑަށް އެތެރެކުރަމުން ދިޔަ މީހެކެވެ. މަސްތުވާތަކެއްޗަށް އޭނާ އޯޑަރުކުރަމުން އައީ "ޑާކް ވެބް" މެދުވެރިކޮށެވެ. އަދި އެ ތަކެއްޗަށް ފައިސާ ދައްކަމުން އައީ ބިޓްކޮއިން ބޭނުންކޮށްގެންނެވެ. އެއަށްފަހު ބެންކޮކް ސިޓީއާއި ކައިރީގައިވާ ސަރަހައްދުތަކުގެ އޭނާ ދިޔައީ މަސްުވާތަކެތީގެ ބާވަތްތައް ވިއްކަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައިލެންޑުގެ ކަސްޓަމްސްގެ އޮފިޝަލުންނަށް 2575 ގްރާމްގެ އެމްޑީއެމްއޭ އާއި 290 އެކްސްޓަސީ ޕިލްސް ހިމެނޭ ޕެކޭޖްތަކެއް އަތުލައިގަތެވެ. ފުލުހުން ބެލިބެލުމުން އެނގުނު ގޮތުގައި އެ ޕެކޭޖަކީ ސަރަހަތްއަށް ނިސްބަތްވާ ޕެކޭޖެކެވެ. އެއާކު އޭނާ ހައްޔަރުކުރުމުގެ އަމުރެއް ފުލުހުން ހޯދިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހޯދަމުން ދިޔަ ސަރަހަތު އަތުލައިގަތީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުއެވެ. ސަރަހަތު ހައްޔަރުކުރީ ބޭންކޮކްގައި ހުންނަ އޭނާގެ ލަގްޒަރީ ފްލެޓުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުންނަމަ އުމުރުން 25 އަހަރުގެ ސަރަހަތު ހައްޔަރުކުރިއިރު އޭނާގެ މޫނުގެ ސޫރަ ވަނީ އެއްކޮށް ބަދަލުވެފައެވެ. ފުލުހުންނަށް އޮޅުވާލުމުގެ ބޭނުމުގައި އެތައް ފަހަރެއްގެ މަތިން މޫނުގެ ޕްލާސްޓިކް ސާޖަރީ އޭނާ ހެދިކަމަށްވެއެވެ. އަދި އެ ސާޖަރީ ހެދުމަށް ފަހު އޭނާ ވައްތަރީ ކޮރެޔާ މީހަކާ ކަމަށްވެއެވެ. މިހާ ދުވަސްވަންދެން ސަރަހަތު އުޅުނީ އޭނާގެ ނަން ޖިމިން ޗިއޮންގް ނަމަށް ބަދަލުކޮށްގެންނެވެ. ސިފަ ބަދަލުކޮށްގެން އުޅުނު ސަރަހަތު އަތުލައިގަތީ ފުލުހުންގެ "މަޅީގައި" ޖެހުމުންނެވެ. އޭނާ ހައްޔަރުކުރެވުނީ ފުލުހުންގެ އޮފިސަރަކު އޭނާއާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންވާ ކަމަށް ބުނެ ބައްދަލުކުރުމުގެ ތެރެއިންނެވެ.
ފުލުހުން ބުނީ ބެންކޮކްގެ އެމްޑީއެމްއޭ "ބަލިމަޑުކަން" ފެތުރެން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ސަރަހަތު ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ޝައްކުކުރެވޭ ތައިލެންޑް މީހުން ބޭރު ގައުމުތަކުގައި ގިނަ ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށް އެބަދެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ ތާއީދު
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކުރަން ޖެހިފައިވާ ކަމެއް
ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީ ޕީއެންސީއަށް ހަރަދު ކުޑަކުރަން
ހަޔާތް ބާއްޖަވެރި ކުރުވޭނެ މަގުން ކަންކަން ބައްޓަން ކުރައްވާ
އެމްބަސީތަކަށް ކުރާ ހަރަދު ބޮޑު، ފައިދާއެއް ނުވޭ: އެމްޑީޕީ މެންބަރުން
މިއީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު