ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާގެ މިލްކިއްޔާތުގައި 400 މިލިއަން ޑޮލަރުގެ ފައިސާއާއި މުދާ ހުރިކަން އެކަމަނާ ހާމަކުރައްވައިފިއެވެ.
ތައިލެންޑްގެ ގާނޫނާ އެއްގޮތަށް އެކަމަނާގެ މާލީ ބަޔާން ނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިއަދު ވަނީ ހުށަހަޅުއްވާފައެވެ. ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި ބިލިއަނަރު ތަކްސިން ޝިނަވަޓްރާގެ ދަރިކަނބަލުން، ޕެޓޮންގްޓާންގެ މާލީ ބަޔާނުގައިވާ ގޮތުން އެކަމަނާގެ މިލްކިއްޔާތުގައި ހުރީ 13.8 ބިލިއަން ބާތެވެ.
އެއީ 400 މިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ތެރޭގައި 11 ބިލިއަން ބާތުގެ އިންވެސްޓްމަންޓްތަކާއި، ކޭޝް އަދި ޑިޕޮޒިޓްގެ ގޮތުގައި އިތުރު ބިލިއަން ބާތު އެބަހުއްޓެވެ. މީގެ އިތުރުން 163 މިލިއަން ބާތުގެ އަގުހުރި 75 އަތުކުރީ ގަޑީގެ ކަލެކްޝަނަކާއި، 76 މިލިއަން ބާތުގެ އަގުހުރި 217 އަތް ދަބަސް ހިމެނެއެވެ. އަދި ލަންޑަނާއި ޖަޕާނުގައި އެކަމަނާގެ ގެދޮރު އެބަހުއްޓެވެ.
މީގެ އިތުރުން ލައިބިލިޓީސްގެ ގޮތުގައި އެކަމަނާ ވަނީ 8 ބިލިއަން ބާތު ޑިކްލެއަރ ކުރައްވާފައެވެ. ޕެޓޮންގްޓާންގެ ބައްޕާފުޅު، ތަކްސިންގެ މިލްކިއްޔާތުގައި 2.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ޝިނަވަޓްރާ އާއިލާއިން ސިޔާސީ މައިދާނަށް ނިކުތީ ޓެލެކޮމް ދާއިރާގައި ވިޔަފާރިކުރައްވަމުން ގެންދެވި ތަކްސިން، އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ހިސާބުންނެވެ.
ތަކްސިންއާއި ޕެޓޮންގްޓާންގެ އިތުރުންވެސް އެ އާއިލާގެ އެހެން 2 ބޭފުޅަކު ތައިލެންޑްގެ ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު