ޓައިވާނާ ދެކޮޅަށް ޗައިނާއިން ހިންގާ ހަރަކާތްތަކުގައި އައު އުކުޅެއް ބޭނުންކުރަން ފަށައިފިކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.
މީގެ ކުރިން ޓައިވާނަށް އިންޒާރު ދިނުމަށް ނުވަތަ ޓައިވާނު ބިރުގެންނެވުމުގެ ބޭނުމުގައި ޗައިނާއިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާ ގުޅިގެން ބޮޑެތި ޕްރޮޕެގެންޑާ ކެމްޕޭންތައް ހިންގައި، ތަމްރީނުތައް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ޗައިނާއިން ކުރިއަށް ގެންދެއެވެ.
އެހެންނަމަވެސް ނިމުމު ހަފްތާއިން ފެށިގެން ޓައިވާނު ވަށާލައި، ޗައިނާއިން ތަމްރީނުތަކަކަށް ތައްޔާރުވަމުން އަންނައިރު، ޗައިނާއިން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި މީޑިއާގައިވެސް އެކަމާ ބެހެ ގޮތުން އެއްޗެއް ނުބުނެއެވެ. މީޑީއާއަށް ތިލަވާހާ ވާހަކައަކީ ޓައިވާނުންނާއި އެމެރިކާއިން ދައްކަމުންދާ ވާހަކަތަކެވެ. އެންމެ ފަހުން މިކަމާ ގުޅޭ ގޮތުން ޗައިނާގެ ދިފާއީ ވުޒާރާއިންވެސް ދިނީ ޖަވާބަކަށް ނުވާ، ފަހަތުގައި ފޮރުވިފައިވާ މާނަ ނޭނގޭ ޖަވާބެކެވެ. ހަނގުރާމައިގެ އުކުޅުތަކުގެ އިހުގެ ތަޖުރިބާކާރެއްކަމަށްވާ ސަން ޒޫގެ ބަސްކޮޅެއް ނަގައިގެން، ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނީ "ފެނަކީވެސް ވަކި ޚާއްސަ ބައްޓަމަކަށް ހުންނަ އެއްޗަކަށް ނުވާ ފަދައިން، ހަނގުރާމައިގެ ހާލަތަކީވެސް އަބަދު އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫން" ކަމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާގެ މިހާރުގެ އުކުޅަކީ ބޮޑެތި ތަމްރީނުތައް ބާއްވާ ވާހަކަ ނުދައްކައި، ޓައިވާނު އަބަދުވެސް ތައްޔާރީ ހާލަތުގައި ބޭއްވުމެވެ.
ޗައިނާއިން އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގައި ބަލަމުން އަންނަ ޓައިވާނުގެ ރައީސް ދާފިފަހުން ޕެސިފިކްގެ ބައެއް ގައުމުތަކަށް ކުރެއްވި ދަތުރުފުޅާއި، އަދި އެދަތުރުފުޅުގައި އެމެރިކާގައި ޓްރާންސިޓް ކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ޓައިވާނުގެ ސަރަހައްދުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކަކަށް ތައްޔާރުވެފައެވެ. އެގޮތުން އިރުމަތީ ޗައިނާ ކަނޑާއި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ އަސްކަރީ މަނަވަރުތަކާއި ކޯސްޓްގާޑު އުޅަނދުތައް އިތުރުވެފައިވާކަމަށް ޓައިވާނުން ބުނެއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި