ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި ވޮލްކްސްވެގަން ކުންފުނިން ހިންގާ އޮޕަރޭޝަން ވިއްކާލަން ނިންމިކަން އެކުންފުނިން އިއުލާންކޮށްފިއެވެ.
ބުދަ ދުވަހު އެ ކުންފުނީގެ ފެކްޓްރީތައް ވިއްކާލަން އިއުލާންކޮށްފައިވާއިރު، އޭގެ ތެރޭގައި ޝިންޖިއާންގެ ވެރިރަށް އުރުމްކީގެ ފެކްޓްރީއަކާއި ތުރުޕާންގައި ހުންނަ ޓެސްޓް ޓްރެކް ވެސް ހިމެނެއެވެ. ޗައިނާގެ ޝަންހާއީ މޮޓޯ ވެހިކަލް އިންސްޕެކްޝަން ސެންޓަރ (އެސް.އެމް.ވީ.އައި.ސީ) އަށް މި ވިޔަފާރި ވިއްކާލާފައި ވަނީ ޝިންޖިއާންގައި ހިންގާ ފެކްޓްރީތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމާއި ބައިމަދު ވީގަރ މުސްލިމުން ލައްވާ މަޖުބޫރުކޮށްގެން މަސައްކަތްކުރުވައި، ޑިޓެންޝަން ކޭމްޕްތައް ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
މިފަދަ ކަންކަން އެ ކުންފުނީގެ ފެކްޓްރީތަކުގައި ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ވޮލްކްސްވެގަންއިން މީގެ ކުރިން ބުނި ނަމަވެސް، ޝިންގޖިއާންގައި ފެކްޓްރީ ހިންގާތީ އެ ކުންފުންޏަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ފާޑުކިޔާ ފަރާތްތަކުގެ ތެރޭގައި ޖަރުމަންވިލާތުގެ ސަރުކާރުވެ ސް ހިމެނެއެވެ. ވޮލްސްވެގަންއިން މި ނިންމުން ނިންމާފައި މި ވަނީ އެ ކުންފުންޏަށް ޗައިނާ މާކެޓްގައި އެތަކެއް ގޮންޖެހުންތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު އަހަރު ޗައިނާގައި ވޮލްކްސްވެގަންގެ ކުރިއެރުން ދަށްވެ، އެންމެ ގިނައިން ވިއްކާ ކާރު ބްރޭންޑްގެ މަގާމު ވާދަވެރި ބީ.ވައި.ޑީ އިން ހޯދިއެވެ. ޝިންޖިއާންއިން ވޮލްކްސްވެގަން ބޭރުވީ ފާޑަކަށް މަޖުބޫރީ ހާލަތުގައި ނަމަވެސް، އެކަމުގެ ސަބަބުން ޗައިނާ ބާޒާރުގައި ވޮލްކްސްވެގަންގެ ވިޔަފާރީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު