ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕާޓީ، އެސްއެލްޕީޕީ އިން ރައީސް ރަނިލް ވިކްރަމަސިންހައަށް ކުރިމަތިލެެއްވުމުގެ ފުރުސަތު ނުދެއްވައި، އެ ޕާޓީން ކެންޑިޑޭޓެއް ނެރެން ނިންމައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެ، ފަސް ކެންޑިޑޭޓަކު ކުރިމަތިލައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ސްރީލަންކާގެ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު އިންތިޚާބަށް ހުޅުވާލުމާ އެކު އެ ދުވަހު ހަތަރު ކެނޑިޑޭޓެއް އިންތިހާބުގައި ވާދަ ކުރައްވަން ޑިޕޮސިޓް ދެއްކެވިއެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ޑިޕޮސިޓް ދެއްކެވީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ސްރީލަންކާގެ މިހާރުގެ އިދިކޮޅު ލީޑަރު އަދި ވެރިރަށް ކޮލޮމްބޯގެ އެމް.ޕީ ސަޖިތު ޕްރެމަދާސަ ވެސް މި އިންތިޚާބުގައި ކުރިމަތި ލައްވަފާނޭ ކަމަށް ބެލެވެއެވެ. އޭނާއަކީ 2022 ވަނަ އަހަރު އުފެދުނު އަރާގަލަޔަ މޫވްމަންޓަށް ވަރަށް ހިތްވަރު ދެއްވި ބޭފުޅެކެވެ. ރާޖަޕަކްސެ އާއިލާއިން ކުރަމުންދާ ކޮރަޕްޝަންގެ ޢަމަލުތަކަށް ވަރަށް ވެސް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.
އެސް.އެލް.ޕީ.ޕީ ނުވަތަ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެގެ ޕާރޓީން އިއްޔެ ބުނެފައި ވަނީ އެ ޕާޓީން ނެރޭނީ އިންތިޚާބު ކާމިޔާބު ކުރެވޭނެފަދަ ކެނޑިޑޭޓެއް ކަމުގައެވެ. އެގޮތުން އެފަދަ ކެނޑިޑޭޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ދިރާސާ ކުރުމަށްފަހު ނަމެއް އިއުލާން ކުރާނެ ކަމުގައެވެ. މިވަގުތު ސްރީލަންކާގެ ރައްޔިތުންގެ ލޮލުގައި އަޅައިގެންފައި ވަނީ އެ ޕާޓީން ނެރޭނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސޭގެ ދަރިކަލުން ކަމުގައިވާ ނަމާލް ރާޖަޕަކްސޭއެވެ. އޭނާ ވެގެންދާނީ ސްރީލަންކާގެ ޒުވާނުންގެ ތާއީދު ލިބޭނެ ކެނޑިޑޭޓެއް ކަމުގައެވެ.
މި ފަހަރުގެ ސްރީލަންކާގެ އިންތިޚާބު ވެގެންދާނީ ވަރަށް ވާދަވެރި އަދި ހަމަނުޖެހުން ހިނގާފާނޭފަދަ އިންތިޚާބަކަށެވެ. އެއީ 2022 ގައި އުފެދުނު އަރާގަލަޔަ މޫވްމަންޓަކީ ވަކި ސިޔާސީ އެހެން ޕާޓީތަކަށް ދޫދޭނޭ ބަޔަކަށް ނުފެންނާތީއާ އެކުގައެވެ. އަނެއްކޮޅުން އިނދަޖެހިފައިވާ ސްރީލަންކާގެ އިޤްތިޞާދު ކޮޅަށް ޖެހޭނޭފަދަ ފަރާތަކަށް މި އިންތިޚާބު ކާމިޔާބު ކުރެވުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.
އެއީ 2022 ގައި ސްރީލަންކާގެ ފައިސާވަނީ 81% އަށް ދަށަށް ގޮސްފައެވެ. އަދި ހަމަ މިއަހަރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރީ %119 ގައެވެ. ނަމަވެސް ޤައުމުގެ ސިޔާސީ ފަރާތްތަކުން އެއްގަލަށް އަރައިގެން ކުރެވުނު މަސައްކަތުން މިހާރު ޤައުމުގެ އިޤްތިޞޯދު %2.2 ގައި ހިފެހެއްޓިގެން ކުރިއަށް އެބަދެއެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު
ސަލީމް، ބަޖެޓު ކޮމެޓީގެ މުގައްރިރު ކަމަށް
އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއްގައި ސޮއިކޮށްފި