ޓޫރިސްޓުންނާ އެކު، ދަތުރުކުރި ސަފާރީއެއް، މ. ވޭވަށު ފަރަށް އަރައިފިއެވެ.

ފަރަށް އަރާފައި ވަނީ "މޭނާ-1" ނަމަކަށް ކިޔާ ސަފާރީއެކެވެ. ސަފާރީ ފަރަށް އެރީ ރޭ ދަންވަރުއެވެ.

ފަރަށް އެރިއިރު، ސަފާރީގައި 18 ޓޫރިސްޓުންނާއި 10 ފަޅުވެރިން ތިއްބެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ނަމަވެސް، ސަފާރީ ވަނީ ދިޔަވެ، ފަރުމައްޗަށް އުރިފައެވެ.