ނޭޕާލުން ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުންޏަކާއި އެކުންފުންޏާއި ގުޅުންހުރި ނޭޕާލްގެ ޕާޓްނަރު ކުންފުނި ބްލެކްލިސްޓު ކޮށްފިއެވެ.
ނޭޕާލްގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެގައުމުގެ ކޮޝީ ޕްރޮވިންސްގައި ހުންނަ މިނިސްޓްރީ އޮފް ފިޒިކަލް އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓްގެ ޕްލޭނިން، މޮނިޓަރިން އެންޑް އިވެލުއޭޝަން ޑިވިޝަނުން ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ޗޮންގްކިން އިންޓަނޭޝަނަލް ކޮންސްޓްރަކްޝަން ކޯޕަރޭޝަން" (ސިކޯ) އާއި އެ ކުންފުނީގެ ނޭޕާލް ޕާޓްނަރު "ކަންޗަރަމް ކޮންސްޓްރަކްޝަން" (ކޭސީ) ބްލެކް ލިސްޓު ކުރުމަށް ވަނީ ލަފާ ދީފައެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުގެ އެހީއެއްގައި ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫއު އަކަށް ސިކޯ އަދި ކޭސީ އަށް 70 ކްރޯޑް ރުޕީސް ވަނީ ހަވާލު ކޮށްފައެވެ.
ނޭޕާލްގެ ނޫސްތަކުގައި ބުނެފައި ވަނީ ސީނިއާ އިންޖިނިއާ ޝާލިގްރާމް ދޭވްކޯޓާ ހެދި ގްރައުންޑް އިންސްޕެކްޝަނުން އެނގުނު ގޮތުގައި ފަސް އަހަރު ވެގެން ދިޔައިރު އެ ދެ ކުންފުންޏަށް ކުރެވުނީ އެންމެ 54 ޕަސެންޓު މަސައްކަތެވެ. އަދި މަސައްކަތުގެ ފެންވަރުވެސް ދަށްކަން ވަނީ ފާހަގަކޮށްފައެވެ.
ނޭޕާލުގައި މީގެކުރިން ވެސް ޗައިނާގެ ކުންފުންޏަކާއި ދެކޮޅަށް މައްސަލަތަކެއް ފެންމަތިވިއެވެ. އެއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބުޓްވާލްގައި ހިންގި ސިދާބާބާ ޓަނަލް (އެސްޓީ) މަޝްރޫއުގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް (ސީއެސްސީއީ)" އާ ދެކޮޅަށް ހުށަހެޅުނު ޝަކުވާތަކެކެވެ.
މަގު ހެދުމުގެ މަސައްކަތުގައި ނޭޕާލްގެ އެކި މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން ހަރަދު ތައް ފޫބެއްދުމަށް މަޝްރޫއުތައް ލަސްކުރާ ކަމަށް ތުހުމަތުކުރެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު