ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް އަދި ސްލޮވޭކިއާ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާ އަކުން ސްލޮވޭކިއާ ކާމިޔާބު ކޮށްފިއެވެ.
މިރޭ ރާއްޖެ ގަޑިން 21:00ގައި ފެށި މި މެޗުގައި ސްލޮވޭކިއާ އިން ލަނޑު ޖަހާފައި ވަނީ މެޗުގެ ވަރަށް ކުރީ ކޮޅުގައެވެ. މި ލަނޑު ޖެހުނީ ބެލްޖިއަމްގެ ޑިފެންސް ލައިނަށް ހެދުނު ގޯހަކުންނެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ސްލޮވޭކިއާ ޖެހި ލަނޑު ކާމިޔާބު ކޮށްދިނީ ޝްރިއަންޒްއެވެ.
ބެލްޖިއަމް އަށް ވެސް ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ހާއްސަކޮށް އެޓީމުގެ ފޯވާޑް ލުކަކޫ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ބެލްޖިއަމް އިން ދެ ލަނޑު ޖެހިއެވެ. އެއީ މެޗުގެ 57ވަނަ މިނެޓާއި މެޗުގެ 88ވަނަ މިނެޓުގައި ޖެހި ލަނޑެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.
ބެލްޖިއަމް އަށް އެ ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ލުކަކޫއެވެ.
ބެލްޖިއަމް އަކީ ފީފާ ރޭންކިންގެ ތިންވަނައެވެ. ސްލޮވޭކިއާ އޮތީ ފީފާ ރޭންކިންގެ 48ވަނައިގައެވެ. އެހެންކަމުން ސްލޮވޭކިއާ އަށް މި ލިބުނީ ތާރީހީ މޮޅެކެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި