އިންޑިއާގައި އިއްޔެ ނިމުނު އާންމު އިންތިހާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓީވީ އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.
ގިނަ އެގްޒިޓް ޕޯލްތަކުން ލަފާކުރާ ގޮތުގައި ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް ޕާލަމެންޓުގެ 543 މެމްބަރުންގެ ތިރިގޭގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭނެ އެވެ. ދެބައިކުޅަ އެއްބައިގެ އަޣުލަބިއްޔަތަކުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެންޑީއޭއަށް 353 އާއި 401 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރެވޭނެއެވެ. 2019 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އެންޑީއޭއަށް 353 ގޮނޑި ލިބިފައިވާއިރު އޭގެ ތެރެއިން ބީޖޭޕީއަށް ލިބިފައިވަނީ 303 ގޮނޑިއެވެ.
ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ ހުންނަވާ އިދިކޮޅު "އިންޑިއާ" ކޯލިޝަނަށް 125 އާއި 182 އާ ދެމެދުގެ އަދަދަކަށް ގޮނޑި ލިބޭނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައެވެ.
ބޮޑުވަޒީރު މޯދީ ވަނީ މިފަހަރުވެސް އިންތިހާބުގެ މެޖޯރިޓީ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. މެޖޯރިޓީ ލިބޭނީ ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން 272 ގޮނޑި ކާމިޔާބު ކުރެވޭ ބަޔަކަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު