ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު އޭގެ ތެރެއިން 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު އެކަށީގެންވާ ވަރަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.
އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ވެސް މައްސަލައިގައި ނިންމާފައި އޮތީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެ މީހުންނަށް އަލުން ވަޒީފާދިނުމަށެވެ. އެ ނިންމުން ހައި ކޯޓުން ވެސް އޮތީ ދަމަހައްޓައިފަ އެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކިކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެ 10 މުވައްޒަފުންގެ ވަޒީފާ ވެސް އަލުން އަނބުރާ ދޭން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ އޭގެ ތެރެއިން އެކަކުގެ ވަޒީފާ ޖޭއެސްސީން އަނބުރާ ދީފައި އޮތުމުންނެވެ. އަދި އެކެއްގެ ވަޒީފާ އިޔާދަކޮށްދިނުމަށް ފަހު، އެހެން މީހުންނަށް ވަޒީފާ ދޭންނުޖެހޭ ސަބަބެއް ޖޭއެސްސީއަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމްގައިވެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ސަރުކާރު ބޭނުންވާހާ ކުޅިއެއް ކުޅުމުގެ ފުރުސަތު ނުދޭ ކޮންމެ މީހަކަށް ކަތި ފިޔަވަޅު އެޅުމުންދާތީ ސަރުކާރުތަކަށް ކިހިނެތް އިތުބާރުކުރާނީ؟
ބަޗީ