ދަރިފުޅަށާއި އަނބިމީހާއަށް އަނިޔާކުރި ފިރިހެނަކު ޖަލަށްލައި އަދި އޭނާގެ ރުޅި މައިތިރި ކުރުމަށްޓަކައި ވަކި މުއްދަތެއް ވަންދެން ކައުންސެލިންގެ ހިދުމަތް ހޯދުމަށް އެ މީހާގެ ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ކ. ކާށިދޫ ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2020 ވަނަ އަހަރު އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅުގެ ގައިގައި ޖެހި ކަމަށް ބުނެ އެވެ. އޭނާއަށް ކުރީ އަތްލުމުގެ ދެ ދައުވާ އެވެ.
ދަރިފުޅަށް އަނިޔާކުރި މައްސަލާގައި ކޯޓުން ކުރި ހުކުމުގައިވަނީ ހެކިންގެ ހެކިބަހުން އެ ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާ އެއް މަހަށް ޖަލަށްލުމުގެ އިތުރުން ގާނޫނުލް އުގޫބާތުގެ ދަށުން ކޯޓަށް އޮންނަ ބާރުގެ ދަށުން އަދަބެއްގެ ގޮތުން ރުޅި މަޑުކުރުމާބެހޭ 40 ގަޑިއިރުގެ ކައުންސެލިން ހޯދުމަށް އަމުރުކުރާ ކަމަށް ހުކުމުގައިވެ އެވެ.
ކޯޓުގެ ހުކުމުގައިވަނީ ރުޅި މަޑުކުރުމާބެހޭ ކައުންސެލިން ހޯދުމަށް އެ މީހާގެ މައްޗަށް އަމުރުކުރީ އޭނާއަކީ އާދަޔާ ހިލާފަށް ރުޅިގަދަ މީހެއް ކަން ފާހަގަވާތީ އެވެ. އަދި ކައުންސެލިންގެ ހިދުމަތް އޭނާ ހޯދަން ޖެހޭނީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ ފަރާތެއްގެ ކިބައިން ކަމަށް ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައިވެ އެވެ.
ދަރިފުޅަށް އަނިޔާކުރި މައްސަލާގައި އެއް މަހަށް ޖަލަށްލާން ހުކުމް ކުރުމުގެ އިތުރުން އަނބިމީހާއަށް އަނިޔާކުރި މައްސަލާގައި ވެސް އިތުރު އެއް މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވައިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޢެއިިވެސް ބައްޕަ ޔޯ
ޙުވަދު