އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި ކައިވެނި ރޫޅާލުމަށް ހިތްވަރު ދެމުން އަންނަކަން މިފަހަކަށް އައިސް ފާހަގަކުރެވޭ ކަމަށް ފެމެލީ ކޯޓުގެ އިސްގާޒީ އިބްރާހީމް އާމިރު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އިސްގާޒީ އިބްރާހީމް އާމިރު ދެއްވި މެސެޖެއްގައި އަންހެނުންގެ ހައްގުތައް ހޯދުމުގެ ނަމުގައި އާއިލާތައް ރޫޅާލުމަށް ހިތްވަރު ދިނުމުގެ ސަބަބުން އެތަކެއް އަންހެނުންތަކެއް ނިކަމެތިވާ ކަމަށް އިސްގާޒީ ފާހަގަކުރެއްވިއެވެ. އަދި ތުއްތު ކުދިން އެކުދިންގެ ހައްގުތަކުން މަހްރޫމުވުމަށް މަގުފަހި ކުރުވާ ކަމަށް ވިދާޅުވިއެވެ.
އިސްގާޒީ ވިދާޅުވީ ޒަވާޖީ ހަޔާތަށް އަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އިސްގާޒީ ވަނީ ތައުލީމީ މަރުހަލާގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ގިނަ ފަހަރު ކައިވެނިތައް ރޫޅެނީ ވަރަށް ކުދިކުދި މައްސަލަތައް ހައްލު ނުވެގެން ކަމަށް އިސްގާޒީ ވިދާޅުވިއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ދެފަރާތުން ވެސް އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާތީކަން ފާހަގަކުރެއްވިއެވެ.
އިސްގާޒީގެ މެސެޖުގައި އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަތައް އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ "ހައްގު" ޝަކުވާއެއް ކަމަށް ވިދާޅުވެފައިވެއެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ