ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަތަރު މީހަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ އެވެ.
ކަޝްމީރުގައި ފުށާއި ކަރަންޓުގެ އަގު އުފުލުމާއެކު އެތައް ހާސް ބަޔަކު މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަޝްމީރުގެ މަގުތަކަށް ނިކުމެ އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް 24 ބިލިއަން ރުޕީސް (86 މިލިއަން ޑޮލަރު) ގެ ސަބްސިޑީ ދިނުމަށް ހުށަހެޅުއްވިތާ އެއް ދުވަސް ފަހުން، މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އިއްޔެ މުޒާހަރާތައް ހުއްޓާލާފަ އެވެ.
"އަޅުގަނޑުމެންގެ ހުރިހާ ޑިމާންޑެއް ސަރުކާރުން ބަލައިގެންފި،" މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ ޝައުކަތު ނަވާޒް މީރު ބުންޏެވެ.
އަދި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރުން މާލީ ބަދަލު ދިނުމަށް ވެސް މީރު ވަނީ ގޮވާލައިފަ އެވެ.
ހަފުތާ ބަންދުން ފެށިގެން ހަމަނުޖެހުންތައް އިތުރުވެ، ކަމާ ބެހޭ ފަރާތްތަކުން ވަނީ މޯބައިލް ހިދުމަތްތައް ކަނޑާލައިފަ އެވެ. ސްކޫލްތަކާއި ޕަބްލިކް ޓްރާންސްޕޯޓާއި ވިޔަފާރިތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ކަމާބެހޭ ފަރާތްތަކުން ވަނީ ސަރަހައްދީ ވެރިރަށް މުޒައްފަރާބާދަށް "ރޭންޖާސްގެ" ނަމުން ނަންދީފައިވާ ޕެރަމިލިޓަރީ ސިފައިން ވެސް ފޮނުވައިފަ އެވެ.
މުޒާހަރާގެ ފުޓޭޖުތަކުން ފެންނަ ގޮތުގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް ބަޑިން ހަމަލާދެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕެރަމިލިޓަރީ ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ބަޑި ޖަހައި ކަރުނަ ގޭސް ވެސް ޖަހާފަ އެވެ. މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކީ ފުލުހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޕާކިސްތާނުގެ ކޮމްބައިންޑް މިލިޓަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރަކާ ހަވާލާދީ އޭއެފްޕީ ނިއުސް އެޖެންސީން ބުނީ މަރުވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައިވަނީ ބަޑީގެ ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.
ކަޝްމީރަކީ ޕާކިސްތާނުން ގަވައިދާ ހިލާފަށް ހިފާފައިވާ ތަނެކެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި