ގައުމުގެ ދެމި އޮތުމަށްޓަކައި އާއިލާތައް ބަދަހިވެ، ހަރުދަނާވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ އާއިލާތައް ބަދަހިވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި އަދި ގައުމު ސަލާމަތް ކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ގައުމުގެ ދެމިއޮތުމަށް އާއިލާތައް ބަދަހިވެ، ހަރުދަނާވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ އާއިލާތަކުގެ ހާލަތު ބެލުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ. އެގޮތުން "ހާލު ކިހިނެއް" ނަމުގައި ޖެންޑާ މިނިސްޓްރީން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށައިފައެވެ.
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް