ޕޮންޒީ ސްކީމެއް ހިންގައި, ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް ފަށައި ވަކީލުން ހޯދަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
އަލްހާނާއި ސަހުބާނާއި ޝަޒްބާންގެ މައްޗަށް ދައުވާކުރީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން މީހުންގެ އަތުން ފައިސާ ނަގައި އަނބުރާ ނުދިން މައްސަލައިގަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ޓެކުމުގެ 13 ދައުވާ އެކެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލާގެ އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އަލްހާނާއި ސަހުބާން އެދުނީ އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ޝަޒުބާން ދެ މަސް ދުވަހުގެ ފުރުސަތަކަށް އެދުނެވެ.
މާލީ ހާލަތު ދަށް ކަމުގެ ވާހަކަ ތިން ބެއިން ފާހަގަ ކުރި އެވެ. އެހެންވެ, ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުން ކުރަން ބޭނުންވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވި އެވެ.
ތިން ބެއިން ވެސް ވިދާޅުވީ ބޭނުން ވަނީ އަމިއްލައަށް ވަކީލަކު އައްޔަންކޮށްގެން ކުރިއަށް ދާން ކަމަށެވެ.
ގާޒީ ވިދާޅުވީ ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ވަކީލަކު ހޯދަން އެންމެ ގިނަވެގެން ވެސް ދެވެނީ 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށެވެ. އަދ ތިން ބެއިންނަށް ވެސް ވަކީލުން ހަމަޖައްސަން އެ މުއްދަތު ދެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި