ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ ބިރު ހުރި ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ދަތުރުފުޅެއްގައި މިހާރު އައްޑޫ އަށް ވަޑައިގެން އުޅުއްވާ ރައީސް އިބޫ ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މައްޗަށް ސިޔާސީ ނުފޫޒު މި ސަރުކާރުން ފޯރުވާ ކަމަށާއި އެއީ މި ސަރުކާރަށް މަޖިލިސްގެ މެޖޯރިޓީ ދިނުމަށް އޮތް ބިރެއް ކަމަށެވެ.
ރައީސް އިބޫ ވަނީ ލާމަރުކަޒީ ނިޒާމު ހުއްޓިފައިވާ ކަމަށް ވިދާޅުވެ އެ ނިޒާމަށް ވެފައި އޮތް ގޮތާއި މެދު ސުވާލު އުފައްދަވައިފައެވެ.
"އަނެއްކާވެސް ފެންނަނީ ބާރުތައް ޖަމާކުރަން މަސައްކަތް ކުރާތަން،" ރައީސް އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހާމަނުކުރާ މައުލޫމާތެއް ނޯންނާނެ ކަމަށް ވިދާޅުވި މީހުން މައުލޫމާތު ހާމަކުރަން ފަސްޖެހިފައިވާ ކަމަށެވެ. އެއާއެކު އެމަނިކުފާނު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ވިދާޅުވެފައެވެ.
ރައީސް އިބޫ ވިދާޅުވީ ބަދަލުތަކެއް އަންނަންވެއްޖެކަން 21 ވަނަ ދުވަހުގެ ވޯޓުން އެނގޭނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް